މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި، މާލޭ ސިޓީ ކައުންސިލްގެ ތިންގޮނޑިވެސް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރި 6 ގޮނޑީގެ ތެރެއިން މާލޭސިޓީގެ 3 ގޮނޑިއަށް ކުރިމަތިލާފައިވާ ޕީއެންސީގެ ކެންޑިޑޭޓުން ވަނީ އެންމެ ގިނަ ވޯޓު ހޯދައި، ކާމިޔާބު ކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކުރި ކެނޑިޑޭޓުން:

  1. ހެންވޭރު ހުޅަނގު ދާއިރާ: ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ)
  2. މައްޗަންގޮޅި މެދު ދާއިރާ: ފާތިމަތު އިޝާން އަލީ (ޕީއެންސީ)
  3. ހުޅުމާލެ ދާއިރާ: އަލީ އައިމަން (ޕީއެންސީ)

މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިހާބު ވަރަށް އަމާންކަމާއި ހަމަޖެހުމާއެކު ކުރިއަށް ގޮސްފައިވާ ކަމަށް ބަޔާންކޮށްފައެވެ.