އަންހެން ޑިވިޝަނުގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ.

އުލްޔާ މި ރެކޯޑު އާ ކޮށްފައި ވަނީ އޮސްޓްރޭލިއާ ގައި ކުރިއަށް ދިޔަ ދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ (ޔޫ.ޑަބްލިއު.އޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރ 7 މީޓްގައެވެ.

ޢުލްޔާ މި ރެކޯޑު އާ ކުރީ 50 މީޓަރ ފްރީސްޓައިލް އިވެންޓު 00:28.75 އިން ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޢުލްޔާ އެވެ. އެއީ މި ދިޔަ މަހު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 މީޓްގައި 50 މީޓަރ ފްރީސްޓައިލް އިވެންޓުގައެވެ. އޭނާ އެ ފަހަރު އެ ރެކޯޑު ހެދީ 00:28.81 އިން އިވެންޓު ނިންމައިގެންނެވެ.