ބެލްގްރޭޑް، ޖުލައި 22. /ޓާސް/: ހުޅަނގުގެ ގައުމުތަކުން މިހާރު ތައްޔާރު ވަމުން ދަނީ ރަޝިޔާއާ އަސްކަރީ ގޮތުން ސީދާ ކުރިމަތިލުމަކަށް ދިޔުމަށް ކަމަށް ސާބިއާގެ ރައީސް އަލެކްސަންޑަރު ވުސިޗް ތުހުމަތު ކުރައްވައިފިއެވެ.
ޕިންކް ޓީވީ ޗެނަލަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ވުސިޗް ވިދާޅުވީ ހުޅަނގުން ރަޝިޔާއާ އަސްކަރީ ގޮތުން ކުރިމަތިލުމަށް ތައްޔާރު ވަމުން ދަނީ ދުރާލާއި ރަވާއިގެން ކަމަށެވެ.
"ހުޅަނގުން ބޭނުންވަނީ ދުރުން، އެހެން މީހަކު މެދުވެރިކޮށް، ފައިސާ އިންވެސްޓްކޮށްގެން އަދި މިހެންގޮސް ހަނގުރާމަ ހިންގަން. އެކަމަކު މިވަގުތު އެމީހުން ތައްޔާރެއް ނޫން [ރަޝިޔާއާ ސީދާ ކޯޅުމަކަށް ދާކަށް]. އެކަމަކު އަޅުގަނޑަށް ގަބޫލް ކުރެވެނީ އެމީހުން މިހާރުވެސް ތައްޔާރުވަމުންދަނީ ރަޝިޔާގެ ފެޑެރޭޝަނާ އެކު އަސްކަރީ ކުރިމަތިލުމަކަށް ދިޔުމަށްކަމަށް. އަދި ބައެއް މީހުން ދެކެން ބޭނުންވާ ވަރަށް ވުރެ އަވަހަށް ތައްޔާރުވަމުންދާހެން، ހުރިހާ މާނައެއްގައި އަޅުގަނޑުމެންނަށް އެނގޭ އަދި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެމީހުން ތައްޔާރުވަމުންދަނީ އަސްކަރީ ހަމަނުޖެހުމަކަށް ކަމަށް،" ޕިންކް ޓީވީ ޗެނަލަށް ދިން އިންޓަވިއުއެއްގައި ވުސިޗް ވިދާޅުވިއެވެ.
ރައީސް ވުސިޗް ވިދާޅުވީ ރަޝިޔާ އާއި ޔޫކްރައިންއާ ދެމެދު މިހާރު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި ކިތައްމެ ގިނަ ބަޔަކު މަރުވިނަމަވެސް އެއީ ހުޅަނގާއި އެމީހުންގެ ބައިވެރިން ކަންބޮޑުވާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ހުޅަނގުގެ ގައުމެއްގެ އެންމެ ރައްޔިތެއްގެ ފުރާނަ ގެއްލުނަމަވެސް ހުޅަނގުން ކަންބޮޑުވާނެ ކަމަށެވެ. "ހަގީތުގައި ހުޅަނގާއި އެމީހުންގެ ބައިވެރިން ބޭނުން ވެގެން އުޅެނީ ރަޝިޔާގެ ތެލާއި ގޭހާއި އެހެނިހެން ގުދުރަތީ ވަސީލަތްތައް" ރައީސް ވުސިޗް ވިދާޅުވިއެވެ.