ބޮލީވުޑުގެ ކުޅަދާނަ ބަޠަލު ޓައިގަރ ޝޮރޮފް ހާމަކުރި ގޮތުގައި އޭނާގެ ފުރަތަމަ ލޯތްބަކީ "އެކްޝަން" އެވެ. އާދީއްތަ ދުވަހު އިންސްޓަރގްރާމުގައި ޓައިގަރ އޭނާގެ ސްޓަންޓް ފަރިތަ ކުރުންތައް ދައްކާލި ވީޑިއޯ އެއް ހިއްސާކުރަމުން ލިޔެފައި ވެއެވެ. މި ވީޑިއޯ "ހޭޝްޓެގް" ކޮށްފައިވަނީ "ފަސްޓް ލަވް އެކްޝަން މޫވީ" މިހެންނެވެ.

ޓައިގަރ ޝްރޮފް އަކީ 1980 ގެ އަހަރުތަކުގައި ބޮލީ ވުޑްގައި ވިދާލި ޖެކީ ޝްރޮފުގެ ދަރިއެކެވެ.

ޓައިގަރ ޝްރޮފް އަކީ އޭނާގެ ބިރުކުޑަ ސްޓަންޓް ތަކާއި ކުޅަދާނަ ނެށުމުގެ ހުނަރުތަކުން ބެލުން ތެރިންގެ ހިއްތައް ފަތަހަކޮށްފައިވާ ބަޠަލެ ކެވެ. އަދި މަދު ދުވަސްކޮޅެއްގައި އެތައް ބައެއްގެ އެންމެ މަޤުބޫލު ތަރިކަމަށް ވެފައިވާ ހުނަރުވެރިއެކެވެ.

ދެން އެންމެ އަވަހަށް ޓައިގަރ ފެނިގެންދާނީ އެކްޝަން ޑްރާމާ "ގަނަޕަތު" އިންނެވެ. މި ފިލުމުގައި ޓައިގަރ އާއެކު ފެނިގެންދާނެ އަންހެން ތަރި އަކީ ކްރިތީ ސަނޫންނެވެ. އަދި ހަމަ މިއާއެކު ޓައިގަރް ޝްރޮފު 2014 ބޮލީވުޑަށް ތަޢާރަފުވި އޭނާގެ ފުރަތަމަ ފިލްމު "ހީރޯ ޕަތުނީ" ގެ 2 ވަނަ ބައިގައި ތާރާ ސިތާރާ އާއި އެކު ފެނިގެން ދާނެއެވެ. ތާރާ އަކީ 2019 ވަނަ އަހަރު ނުކުތް މައްޝޫރު ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާރ 2 " އިން ތަޢާރަފުވި ތަރި އެކެވެ.