ކޮންޖެނިޓަލް ހާޓް ޑިޒީޒް (ސީ.އެޗް.ޑީ) އަކީ ވިހެއުމުގައި ހިތުގެ މަސައްކަތަށް އަސަރުކުރާ ތަފާތު އެތައް މައްސަލަތަކެއް ފޫޅާ ގޮތެއްގައި ކިޔާނަމެވެ.

"ކޮންޖެނިޓަލް" މާނައަކީ އުފަންވާއިރު ހުންނަ ކަމެވެ. މިއީ އެންމެ އާންމުކޮށް ދިމާވާ ވިހެއުމުގެ މައްސަލަތަކުގެ ތެރެއިން އެކެވެ.

ޔޫކޭގެ ދިރާސާތަކުން ދައްކާގޮތުގައި އެގައުމުގެ ގާތްގަނޑަކަށް ކޮންމެ 100 ކުއްޖަކުން 1 ކުއްޖަކަށް މި މައްސަލަ ދިމާވެއެވެ.

ހިތުގެ އެނަޓޮމީ

ހިތުގައި ހުންނަނީ ހަތަރު ޗެމްބަރ އަދި ލޭ ދައުރުވުން ކޮންޓްރޯލްކުރާ ހަތަރު ވޭލްވްއެވެ. މި ބައިތަކުގެ ތެރެއިން އެއްވެސް އެއްޗެއް މާބަނޑު ދުވަސްވަރު ރަނގަޅަށް އުފެދުމުގައި މައްސަލަޖެހުމުން ސީ.އެޗް.ޑީ އުފެދިދާނެއެވެ.

ސަބަބުތަކާއި ރިސްކް ފެކްޓާތައް

ކޮންޖެނިޓަލް ހާޓް ޑިޒީޒްގެ ސީދާ ސަބަބު ނޭނގުނު ނަމަވެސް، ބައެއް ކަންތައްތަކުކުގެ ސަބަބުން މި ބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އެގޮތުން:

· ޑައުންސް ސިންޑްރޯމް، ޖިސްމާނީ ގޮތުން ބޮޑުވުމާއި އުނގެނުމުގެ ޤާބިލުކަމަށް އަސަރުކުރާ ޖެނެޓިކް ބައްޔެއް

· މާބަނޑުއިރު މަންމަ ބޭނުންކުރާ ބައެއް ބޭސްތައް، މީގެ ތެރޭގައި ބައެއް ސްޓެޓިންތަކާއި އެކްނީ ޓްރީޓްމަންޓްތަކުން

· މާބަނޑު އިރު މަންމައަށް ޖެހޭ ބައެއް ބަލިތައް، މިސާލަކަށް ރުބެއްލާގެ ސަބަބުން

· މާބަނޑު އިރު ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ބަނގުރާ ބުއިމާއި، ހަކުރުބަލި ރަނގަޅަށް ކޮންޓްރޯލް ނުކުރުން

· ވާރުތަވެދާނެ އެހެނިހެން ކްރޮމޮޒޯމްގެ މައްސަލަތައް

ދެނެގަތުމާއި އަލާމާތްތައް

ގިނަ ކޮންޖެނިޓަލް ހާރޓް ޑިފެކްޓް ކޭސްތައް ފާހަގަކުރެވެނީ ވިހެއުމުގެ ކުރިން ހަދާ އަލްޓްރާސައުންޑް ސްކޭންތަކުންނެވެ. ނަމަވެސް، ހުރިހާ މައްސަލަތަކެއް ވިހެއުމުގެ ކުރިން ދެނެގަނެވޭކަށް ނެތެވެ.

ކުޑަކުދިންނާއި ޅަފަތުގައި ހުންނަ ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހިތުގެ ވިންދު އަވަސްވުން، ނޭވާލުން އަވަސްވުން، ފަޔާއި، ބަނޑާއި، ލޮލާ ކައިރި ދުޅަވުން، ވަރަށް ބޮޑަށް ވަރުބަލިވުން، އަދި ހަމުގެ ކުލަ ނުވަތަ ތުންފަތުގެ ކުލަ ނޫވެފައިވާ ކަހަލަ ގޮތަކަށް ހުރުން ހިމެނެއެވެ. ބައެއް މައިލްޑް ޑިފެކްޓްތަކުގެ އަލާމާތްތައް އުމުރުން ދުވަސްވަންދެންފާހަގަ ނުވެ ހުރެދާނެއެވެ.

ސީ.އެޗް.ޑީ އާންމު ބާވަތްތައް

ސީ.އެޗް.ޑީގެ ވަރަށް ގިނަ ބާވަތްތަކަށް ބެހިގެންވެއެވެ. އަދި ބައެއް ފަހަރު މިފަދަ ބަލިތައް އެއްފަހަރާ އެކުއެކީގައިވެސް ދިމާވެއެވެ.

· "ހިތުގައި ލޯވަޅެއް" ގެ ގޮތުގައި ބުނެއުޅޭ ބައްޔެއްކަމައްވާ ސެޕްޓަލް ޑިފެކްޓްސް

· ހިތުގެ ބައިތައް ފުރިހަމައަށް ނޫފެދި ލޭ ދައުރުވުމަށް އަސަރުކުރުން

· ކޯއާކްޓޭޝަން އޮފް ދަ އެއޯޓާ، ހިތުގެ އެއޯޓާ އާންމުކޮށް ހުންނަވަރަށްވުރެ ހަނިވެފައި ހުރުން

· ހިތުގެ ޕަލްމޮނަރީ ވޭލްވް ސްޓެނޯސިސް، ޕަލްމޮނަރީ ވޭލްވް ހަނިވުން

· ޓްރާންސްޕޮޒިޝަން އޮފް ދަ ގްރޭޓް އާޓަރީސް، މައި ލޭހޮޅިތައް ބަދަލުވެފައި ހުރުން

ފަރުވާގެ އޮޕްޝަންތައް

މައްސަލައިގެ ބާވަތުން ފަރުވާ ތަފާތުވެއެވެ. އެހާ ސީރިއަސް ނޫން ކޭސްތަކުގައި ފަރުވާ ބޭނުން ނުވެދާނެ، އެކަމަކު ބޮޑެތި މައްސަލަތަކުގައި ގިނަފަހަރު ސަރޖަރީ ނުވަތަ އެހެން ޕްރޮސީޖަރތައް ބޭނުންވެއެވެ. ޒަމާނީ ސަރޖިކަލް ޓެކްނިކްތަކުން ގިނަ ހިތުގެ މަސައްކަތްކުރުންތައް ރަނގަޅުކުރެވެއެވެ. ނަމަވެސް، އުމުރު ދުވަހުގެ ފަރުވާއާއި ސްޕެޝަލިސްޓުންގެ ބެލުން އާންމުކޮށް ބޭނުންވެއެވެ. ސަބަބަކީ ހިތުގެ ރިދަމް ނުވަތަ ވޭލްވްގެ މައްސަލަތައް ކުރިމަތިވެދާނެތީެވެ.

ސީ.އެޗް.ޑީ ހުންނަ މީހުން އެމީހުންގެ ހާލަތާއި ފަރުވާގެ ޕްލޭންތަކާ ބެހޭގޮތުން މެޑިކަލް ޓީމާ މަޝްވަރާކޮށް، އެކްސަރސައިޒް ލިމިޓޭޝަންތަކާއި އިންފެކްޝަންގެ ރިސްކުތައް ބެލެހެއްޓުމަކީ މުހިންމުކަމެކެވެ.