އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުހައްމަދު ޖަމްޝާދު، ގދ. އަތޮޅު ބައެއް ރަށްތަކުގެ ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުހައްމަދު ޖަމްޝާދު ވަނީ ޖުލައި 28 ވަނަ ދުަވަހު ގދ.ހޯޑެއްދޫ، ގދ.މަޑަވެލި އަދި ގދ.ފިޔޯރީއަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަކީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، ރަށްރަށުގެ ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއެކު ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމާއި، ދިމާވާ ދަތިތަކާ ބެހޭގޮތުންނާއި، ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ އަރިހުގައި އެ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމްގެ އިތުރުން ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.