ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން އަންނަ ހަމާސްޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އިރާނުގައި ދާދި ދެންމެ އަވަހާރަ ކޮށްލައިފިއެވެ.
ހަނިއްޔާ އަވާހަރ ކޮށްލާފައި ވަނީ އިރާނުގެ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިޔާޔަށް އެގައުމަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ހަނިއްޔާގެ އިތުރުން މިހަމަލާގައި އޭނާގެ ބޮޑީގާޑްވެސް ވަނީ ޝަހީދުވެފައެވެ.
ހަނިއްޔާ ދިރިއުޅުއްވަމުން ގެންދެވީ ގަތަރާއި ތުރުކީގައެވެ. ހަނިއްޔާ ޝަހީދުކޮށްލި ކަމަށް ތުހުމަތު ކުރެވެނީ ސަހްޔޫނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށެވެ. މޮސާޑުން ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ހަނިއްޔާ އަވާރަ ކޮށްލަން މަސައްކަތް ކޮށްފައެވެ.