މިހާރު ކުރިޔަށްދާ އޮލިމްޕިކްސްގައި ފުޓްބޯޅަ އިވެންޓް ސެމީފައިނަލުން ފްރާންސް މިރޭ ޖާގަ ހޯދައިފިއެވެ.

ފްރާންސް ސެމީފައިނަލުން ޖާގަ ހޯދީ ވާދަވެރި އާޖެންޓީނާގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި މެޗުގެ 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖީން ފިލިއްޕޭއެވެ.

2022 ވަނަ އަހަރުގެ ވަރލްޑް ކަޕް ފްރާންސް ބަލިކޮށް އާޖެންޓީނާއިން ކާމިޔާބު ކުރުމުން މިދެގައުމުގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް އުފެދިފައިވާއިރު، މިމެޗުގެ ރެފްރީގެ ފަހު ކަށިގަނޑާއެކު ދެގައުމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާމެދު ތަޅާފޮޅުމެއް ހިނގިއެވެ. މުބާރާތުގެ ތެރެއިން އެކިއެކި ގޮތްގޮތުން ފްރާންސުން ވަނީ އާޖެންޓީނާ ޓީމަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ.

އާޖެންޓީނާ އަތުން މިރޭ ހޯދުނު މޮޅަކީ ވަރލްޑް ކަޕް ފައިނަލުން ބަލިވި ބަލިވުުގެ ހަނދާންތަކަށް ފްރާންސް ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދޭނެ މޮޅެއް ކަމަށް އެގައުމުގެ މީޑިޔާތަކުން ސިފަ ކުރެއެވެ.

ސެމީފައިނަލުގައި ފްރާންސް ބައްދަލު ކުރަންޖެހޭނީ މިސްރާއެވެ. ސެމީފައިނަލުން ޖާގަ ހޯދީ އަނެއް ދެގައުމަކީ މޮރޮކޯ އާއި ސްޕެއިނެވެ.