އެލެގްރާ ބޭސް, ރާއްޖެ އެތެރެކޮށް ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ވަނީ މިކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އިމްޕޯޓް ކޮށްފައިވާ އެލެގްރާ ބޭހުގެ 3 ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބޭސް އުފައްދާފައިވާ ކުންފުނި (ސަނޮފީ އިންޑިއާ ލިމިޓެޑް)އިން އެލާޓް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ތިން ބެޗް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުންކުރުން އެ އޮތޯރީން ވަނީ މަނާކޮށްފައެވެ.

އެ ތިން ބެޗުގެ ނަންބަރުތަކަކީ:

  1. AL1223019
  2. AL1223029
  3. AL1223060

މީގެއިތުރުން އެމްއެފްޑީއޭއިން ވަނީ ބޭހުގެ ބެޗްތައް، ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން، އެ އޮތޯރިޓީގެ އީމެއިލް [email protected] މެދުވެރިކޮށް އެންގުމަށް އެދިފައެވެ.

އަދި އެކަމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅަންވެސް އެމްއެފްޑީއޭއިން އެދިފައިވެއެވެ.