ހުވަދޫ ސްކޫލުގައި ޕާކިންގ އޭރިޔާއެއް ތަރައްގީކުރުމަށް ޓަކައި ބޭނުންވާ ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި ޓެކްނިކަލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފަރެސްމާތޮޑާ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
ފަރެސްމާތޮޑާ ކައުންސިލުން އިއުލާނުކުރީ އެ އިދާރާއިން ފޯރުކޮށްދޭ ކުރެހުމާ އެއް ގޮތަށް ހުވަދޫ ސްކޫލުގެ ޕާކިން އޭރިއާގެ ބީ.އޯ.ކިއު އަދި ޓެކްނިކަލް ކުރެހުންތައް ކުރަހަދޭނެ ފަރާތެއް ހޯދުމަށެވެ.
އެ ކައުންސިލުން ވަނީ, މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 8 އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާގެ ޖީމެއިލްއަށް ކޯޓޭޝަން ހުށަހެޅުއްވުމަށް އެދިވަޑައިގަންފައެވެ.
މި މަސައްކަތާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ފަރެސްމާތޮޑާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ފިރުޝާން ތައުފީގް (7570886) އަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގަންފައެވެ.