އެވިޑްކޮލެޖުން ހިންގަމުން އައި މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ކޯސް، މުރާޖަޢަ ކުރުމަށްފަހު ޒަމާނާ އެއްގޮތަށް ފަރުމާކޮށް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލައިފިއެވެ. މިގެނެވުނު ބަދަލުތަކާއެކު މިކޯހަކީ ވާދަވެރި ވަޒީފާގެ މާހައުލަށް ތައްޔާރުވުމުގައި ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް އެހީތެރިކަން ލިބިގެންދާނެ ފަދަ ކޯހަކަށް ވާނެކަމުގެ ޔަޤީންކަން އެވިޑްކޮލެޖުގެ މެނޭޖްމަންޓުން ވަނީ ދެއްވައިފައެވެ.

މިކޯހަށް އަލަށް އިތުރުކުރެވުނު މޮޑިއުލްތަކުގެ ތެރޭގައި "ލީޑަރޝިޕް އިފެކްޓިވްނަސް" ހިމެނެއެވެ. މި މޮޑިއުލްގެ ސަބަބުން ވަޒީފާގެ މާހައުލުގައި ކަންކަމަށް އިސްނެގުމާއި އަދި މަތީ ފަންތީގެ މަޤާމްތައް އަދާކުރުމަށް ބޭނުންވާ ފަންނީ ޤާބިލްކަމާއި ހުނަރުވެރިކަން ލިބުމުގެ މަގު، ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

މުރާޖައާ ކުރެވުނު މޮޑިއުލްތަކުގެ ތެރޭގައި "މެނޭޖީރިއަލް އިކޮނޮމިކްސް" އަދި "އީ-ބިޒްނަސް މެނޭޖްމެންޓް" ވެސް ހިމެނެއެވެ. ދުނިޔެއަށް ކުރިމަތިވެފައިމިވާ ޕެންޑަމިކް ގެ ސަބަބުން، ދިރިއުޅުގެ ގިނަ ކަންކަން މިހާރު އޮންލައިންކޮށް ކުރުމަށް ވަނީ މަޖުބޫރު ވެފައެވެ. "އީ-ބިޒްނަސް މެނޭޖްމެންޓް" މޮޑިއުލް އިން ކާމިޔާބުކަމާއެކު އޮންލައިންކޮށް ވިޔަފާރިކޮށް އަދި ބެލެހެއްޓުމުގެ ފަންނު އުނގަންނައި ދެވޭނެއެވެ. މުޅި ދުނިޔެ އިންޓަރނެޓް ގެ ދުނިޔެއަށް ބަދަލުވެގެން ދާއިރު، މި ކަމަށް ދަރިވަރުން އަހުލުވެރި ކުރުވުމަކީ އެވިޑް ކޮލެޖުން ވަރަށް ބޮޑު އަހަމިއްޔަތެއްދޭ ކަމެއް ކަމަށް އެ ކޮލެޖުން ވިދާޅުވިއެވެ. އަދި "މެނޭޖީރިއަލް އިކޮނޮމިކްސް" މޮޑިއުލް އަކީ އިގްތިޞާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ވިޔަފާރީގެ ސްޓްރެޓެޖީތައް އެކުލަވާލައި ވިޔަފާރީގައި ކާމިޔާބު ޙާޞިލުކުރަން ބޭނުންވާ ފަންނުވެރިކަން ދަރިވަރުނަށް ދަސްކޮށްދެވޭނެ މޮޑިއުލްއެކެވެ.

މިކޯހުގެ ފައިނަލް ޕްރޮޖެކްޓްގެ ގޮތުގައި ދަރިވަރުންނަށް ތަފާތު ޢިލްމީ ދިރާސާކުރުމުގެ އިޚްތިޔާރުތަކެއް ފަހިކޮށްދެވިފައިވެއެވެ. އޭގެ ތެރޭގައި ބިޒްނަސް ރިސަރޗް ޑެސެޓޭޝަނެއް ލިޔުމާއި، ސްޓްރެޓީޖިކް ކޮންސަލްޓިން ޕްރޮޖެކްޓެއް ހެދުމާއި އަދި ބޭނުންވާ ވިޔަފާރިއަކަށް ބިޒްނަސް ޕްރޮޕޯސަލް ހެދުމުގެ ފުރުޞަތު ހިމެނެއެވެ.

މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއަށް ރެޖިސްޓަރ ކުރުމުގެ ފުރުޞަތު އެވިޑް ކޮލެޖުން މިހާރު ވަނީ ހުޅުވާލާފައެވެ. މޭ އިންޓޭކް ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަށް ތިރީގައިމިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ.

https://www.avidcollege.edu.mv/online-application-form/

2005 ވަނަ އަހަރު އުފެދިގެން އައި އެވިޑް ކޮލެޖަކީ، ހެޔޮއަގުގައި މަތީތަޢުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. އެވިޑް ކޮލެޖްގެ ކެމްޕަސްތައް މާލެ ސިޓީ އަދި ތިނަދޫގައި ޤާއިމްކުރެވިފައި ވެއެވެ.