ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އެ ގައުމުގެ ވެރިރަށް ޑާކާ އަށް ޝެޑިއުލް ކޮށްފައިވާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިިފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން މިކަން ހާމަކޮށްފައިވަނީ އެ އެއާރ ލައިންއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މޯލްޑިވިއަނުން ބުނެފައިވަަނީ ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާ ގުޅިގެން މިއަދުން ފެށިގެން ޑާކާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށާއި، އަލުން މި ދަތުރުތައް ފަށާނެ ތާރީހެއް ފަހުން އންމުކުރާނެކަމަށެވެ.

މީގެއިތުރުން މޯލްޑިވިއަނުން ވަނީ މި ކަމާގުޅޭ އިތުރު މައުލޫމާތާއި އެހީތެރިކަން ހޯދުމަށް ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް ނުވަތަ [email protected] މެއިލް ކުރުމަށް އެދިފައެވެ.

އަދި ޑާކާގައި މިވަގުތު ތިބި ދަތުރުވެރިން ގުޅުމަށް ހާއްސަ ނަންބަރެއް ވެސް މޯލްޑިވިއަނުން ދީފައެވެ. އެއީ 8801621211316+ އެވެ.

ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް ބޮޑުވުމުން، އެގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވަނީ އިސްތިއުފާ ދެއްވައި އެގައުމު ދޫކުރައްވައި ވަޑައިގެންފައެވެ.