ދުބާއީ (އޮގަސްޓް 08) - ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކުން ރަޝިޔާގެ ފައިސާ (ރޫބަލް) ބަލައިގަންނަން ފަށައިފިއެވެ.

ދުބާއީ ޑިއުޓީ ފްރީގެ ސީއީއޯ ރަމޭޝް ސިޑަމްބީ ވިދާޅުވީ "އަޅުގަނޑުމެންގެ އެކްސްޗޭންޖް އޮފީސްތަކުގައި މާކެޓުން ރަޝިޔާގެ ރޫބަލް ބަލައިގަންނަތާ އެތައް އަހަރެއް ވެއްޖެ. އަދި ކަސްޓަމަރުންގެ ޑިމާންޑްތައް ބޮޑުވުމުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕޮއިންޓް އޮފް ސޭލް ސިސްޓަމްތަކަށް ވެސް މި އެކްސެޕްޓެންސް ފުޅާކޮށްފިން" ކަމަށެވެ.

މި ފިޔަވަޅަކީ ދުބާއީ ޑިއުޓީ ފްރީގެ ބައިނަލްއަގްވާމީ ތަފާތު ކަސްޓަމަރުންނަށް ވިޔަފާރި ކޮށްލުމުގެ ތަޖުރިބާ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް ސީއީއޯ ރަމޭޝް ވިދާޅުވިއެވެ. ރަޝިޔާގެ ދަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، ދުބާއީ ޑިއުޓީ ފްރީގެ އަމާޒަކީ ގިނަ ފަސޭހަތަކެއް ފޯރުކޮށްދީ، މި ކަސްޓަމަރ ސެގްމަންޓުގެ ވަކި ބޭނުންތަކަށް ފުއްދައިދިނުމެވެ.

ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި ރޫބަލް ހިމެނުމަކީ ދުބާއީ ޑިއުޓީ ފްރީގެ އެޑެޕްޓޭބިލިޓީ އާއި މާކެޓް ޑިމާންޑްތަކަށް އަހްމިއްޔަތުދޭކަން ހާމަކޮށްދޭ ކަމެކެވެ.

ދުބާއީ އިންޓަނޭޝަން އެއަރޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކުން ރަޝިޔާގެ ފައިސާ ބަލަގަންނަން ފަށާފައިވާއިރު، އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް ފަށާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.