ފުރެންޗު ޓޯސްޓް

ފްރެންޗް ޓޯސްޓަކީ ފަސޭއިން ތައްޔާރު ކޮށްލެވިދާނެ، އަދި ހެނދުނާއި ހަވީރު ސަޔަށް ވަރަށް ކަމުދާނެ ކާއެއްޗެކެވެ.

ބޭނުންވާނެ ތަކެތި

 3ބިސް

2\1 ޖޯޑް ކިރު ( (125 ml

 2\1 މޭޒުމަތީ ސަމްސާ މުގުރި ފޮނިތޮށި

 4 ޕާން ފޮތި

ތެޔޮ

4 ސައިސަމްސާ މެޕަލް ސިރަޕް

4 ސައިސަމްސާ ބެރީ ޖޭމް

ތައްޔާރުކުރާނެގޮތް

1. ބިސް، ކިރު އަދި މުގުރި ފޮނިތޮށި ތައްޓެއްގައި އެއްކޮށްލާށެވެ.

2. ތަވަޔަށް ތެޔޮ އެޅުމަށްފަހު މަޑު ގިނިމަތީ ތަވާ ދޮންކޮށްލަން ބަހައްޓާށެވެ.

3. ޕާން ފޮތި، ކުރިން ގިރުވި މިކްސްޗަރ(ބިސް،ކިރު،ފޮނިތޮށި) ތެރެއަށްލާ ތެއްކޮށްލުމަށްފަހު ދޮން ވެފައިވާ ތަވާ މަތީ 2-3 މިނެޓް ރީތި ރަން ކުލަ އަރަންދެން ދެ ފުއް ރަނގަޅަށް ފިހެލާށެވެ.

4. ޖޭމް އަދި މެޕަލް ސިރަޕާއިއެކު ފަރިއްކުޅުއްވާށެވެ.