ކިޑްނީ ފެއިލްވުން ނުވަތަ ރީނަލް ފެއިލިއަރއަކީ ކިޑްނީ (ގުރުދާ) އަށް ހަށިގަނޑުން ބޭނުން ނުވާ މައްދާތައް ނައްތާނުލެވޭ ހިސާބަށް ދިއުމެވެ. މީގެ ސަބަބުން ލޭގައި ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތައް އެއްވެއެވެ. ކުޑަކުދިންގެ ކިބައިން ކިޑްނީ ފެއިލްވުން ފެންނަނީ ކުއްލިއަކަށް (އެކިއުޓް) ނުވަތަ ދިގު މުއްދަތަކަށް (ކްރޮނިކް) އެވެ.

އެކިއުޓް އަދި ކްރޮނިކް ކިޑްނީ ފެއިލްވުން:

ކުޑަކުދިންގެ އެކިއުޓް ނުވަތަ ކުއްލިއަކަށް ކިޑްނީ ފެއިލްވުން މެދުވެރިވަނީ އިންފެކްޝަންތަކާއި، އަނިޔާތަކާއި، ޝޮކާއި، ހިތުގެ ބަލިތަކާއި، ވިހަވުމާއި، ބޭސް އޯވަރޑޯޒްވުމުގެ ސަބަބުންނެވެ. ފަރުވާގައި އަމާޒުކުރަނީ މައިގަނޑު ސަބަބު ހައްލުކުރުމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ޑައިލިސިސްވެސް ކުރެވިދާނެއެވެ.

އަނެއްކޮޅުން، ކްރޮނިކް ކިޑްނީ ފެއިލްވުމަކީ މަޑުމަޑުން ގޯސްވަމުންދާ ކަމެކެވެ. މިކަން މެދުވެރިވަނީ ތަކުރާރުކޮށް އެކިއުޓް ކިޑްނީ އަނިޔާވުމުގެ ސަބަބުން ނުވަތަ އުފަންވާއިރު ހުންނަ މައްސަލަތަކުގެ ސަބަބުން ނުވަތަ ލޭމައްޗަށްދިއުން (ސެވިއަރ ހައިޕަރޓެންޝަން) ފަދަ ދިގު މުއްދަތުގެ ބަލިތަކުގެ ސަބަބުންނެވެ. ފަރުވާގައި އަމާޒުކުރަނީ ބަލި ކުރިއެރުން މަޑުޖައްސާލުމަށެވެ. މިގޮތުން ބޭސް ދިނުމާއި، ކެއުމުގެ ވައްޓަފާޅި ބަދަލުކުރުމާއި، އަދި ބައެއް ފަހަރު ކިޑްނީ ބަދަލުކުރުން ހިމެނެއެވެ.

ސަބަބުތަކާއި އަލާމާތްތައް:

ބޮޑެތި މީހުންނަށް ހަކުރު ބައްޔާއި ލޭގެ ޕްރެޝަރ މަތިވުން އާންމު ސަބަބުތަކެއްގެ ގޮތުގައި ވީނަމަވެސް، ކުޑަކުދިންގެ ކިޑްނީ ފެއިލްވުމުގެ ސަބަބަކަށް ގިނަފަހަރު ވަނީ ޖެނެޓިކް ބަލިތަކާއި (މިސާލަކަށް، ޕޮލިސިސްޓިކް ކިޑްނީ ބަލި)، އުފަންވާއިރު ހުންނަ މައްސަލަތަކާއި، ގްލޮމެރުލަރ ބަލިތަކެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ގިނަފަހަރު ކިޑްނީގެ މަސައްކަތް ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހުގައެވެ.

މިފަދަ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ މިންވަރު މަދުވުމާއި، ފްލުއިޑް ރިޓެންޝަން ނުވަތަ ހަށިގަނޑުގައި ފެން މާބޮޑަށް ހިފެހެއްޓުމާއި، ލޭމަދުވުން ނުވަތަ އެނީމިއާގެ ސަބަބުން ހަށިގަނޑު ހުދުވުން އަދި އާންމުކޮށް ވަރުބަލިވުން ހިމެނެއެވެ. މީގެ އިތުރުން ކެއުމުގެ ރަހަ ގެއްލުމާއި، ހޮޑުލުމާއި، ބޮލުގައި ރިއްސުމާއި، ޔުރިނަރީ ޓްރެކްޓް އިންފެކްޝަންތައް ވެސް ހިމެނެއެވެ.

ބަލި ދެނެގަތުމާއި ފަރުވާ:

ކިޑްނީ ފެއިލްވުން ދެނެގަތުމަށްޓަކައި ލޭގެ އަދި ކުޑަކަމުދާ އެއްޗެހީގެ ޓެސްޓުތަކާއި، އަލްޓްރާސައުންޑް ފަދަ އިމޭޖިންގ ޓެސްޓުތައް، އަދި ބައެއް ފަހަރު ބަޔޮޕްސީ ހެދުން ހިމެނެއެވެ.

ފަރުވާ ދިނުން ބިނާވެގެންވަނީ ކިޑްނީ ފެއިލްވުމުގެ ބާވަތާއި ނުރައްކާތެރިކަމުގެ މިންވަރަށެވެ. ބޭސް ދިނުމާއި، ޑަޔަލިސިސް ހެދުން، އަދި ވަރަށް ނުރައްކާތެރި ޙާލަތްތަކުގައި ކިޑްނީ ބަދަލުކުރުން ފަދަ ކަންކަމަކީ އެކަށީގެންވާ ފަރުވާގެ ގޮތްތަކެވެ.

އެނީމިއާ، ހެދިބޮޑުވުމުގެ މައްސަލަތައް، އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވުން ފަދަ ކަންކަން ރަނގަޅަށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ތަފާތު ދާއިރާތަކުގެ މައްޗަށް ބިނާވެފައިވާ (މަލްޓިޑިސިޕްލިނަރީ) ޞިއްހީ ޓީމަކުން ފުރިހަމަ އަދި ހަރުދަނާ ފަރުވާ ދިނުން ކަށަވަރުކޮއްދެއެވެ. މީގެ ތެރޭގައި ކިޔެވުމުގެ ނުވަތަ ޑެވެލޮޕްމަންޓުގެ މައްސަލަތަކަށް ދެވޭ ފަރުވާތައްވެސް ހިމެނެއެވެ.

މިގޮތުން، އިންޑިޔާގެ ބެންގަލޫރުގައި ހުންނަ އެން.ޔޫ ހޮސްޕިޓަލްސްއަކީ ކިޑްނީ އަދި ޔޫރިނަރީ ސިސްޓަމްގެ ބަލިތަކަށް ޚާއްޞަވެފައިވާ ފާހަގަކޮށްލެވޭ ޞިއްޙީ މަރުކަޒެކެވެ. މި ހޮސްޕިޓަލުން ކިޑްނީ ފެއިލްވެފައިވާ ކުޑަކުދިންނަށް އެންމެ ޒަމާނީ ވަސީލަތްތަކާއި އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންމެ ފުރިހަމަ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއެވެ.

މަޢުލޫމާތު ހިއްސާކޮއްފައިވަނީ އެންޔޫ ހޮސްޕިޓަލްސް އިންނެވެ.