ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފައިވާކަން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާރު އެވްރެޖްކޮށް ދުވާލަކު 6500 ފަތުރުވެރިން ރާއްޖެ އާދެއެވެ. އަދި މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެެރިންގެ ނިސްބަތް 10 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ ޒިޔާރަތް ކުރީ 1.8 މިލިޔަން ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2 މިލިޔަން ފަތުރުވެރިން ގެނައުމެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން މިއަހަރުގެ މިހާތަނަށް 177،583 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ. ދެވަނައިގައި އޮތީ ރަޝިޔާއެވެ. ރަޝިޔާއިން 135،932 ފަތުރުވެރިން މިއަހަރު ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެގައުމުން 110،405 ފަތުރުވެރިން ވަނީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ.