ހަންގޭރީ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު، ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޔާޓޯއަށް ތަހުނިޔާގެ މެސެޖެއް ވަނީ ފޮނުއްވަވާފައެވެ.

ހާރިޖީ ވަޒީރު ޒަމީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ހަންގޭރީގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ހަންގޭރީގެ ސަރުކާރާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދެންނެވިއެވެ.

"ދިވެހިރާއްޖެއާއި ހަންގޭރީ އާ ދެމެދުގައިވަނީ ހެޔޮއެދުމާއީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ރަޙްމަތްތެރިކަމެކެވެ. އަދި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަށް އަޅުގަނޑަށް އޮތްކަށް ދަންނަވަމެވެ. އަދި، މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ." ހަންގޭރީގެ ޚާރިޖީ ވަޒީރަށް ފޮނުވި މެސެޖުގައި މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ހަންގޭރީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 24 މެއި 1975 ގައެވެ.