ދީނީ އިލްމުވެރިން ކުރައްވާ ކޮންމެ ކަމަކަށް ވެސް އިސްލާމީ ކަންތަކާ ބެހޭ ވުޒާރާގެ އެއްބާރުލުން ލިބޭނެ ކަމަށް ވަޒީރު ޑރ. ޝަހީމް އަލީ ސައީދް ވިދާުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރޭ ކުރިއަށްދިޔަ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ. ޝަހީމް ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ދީނީ ކަންކަމަށް އިސްކަން ދެއްވާ އިސްލާމްދީނަށް ނަޞްރު ދޭނެ ސަރުކާރެއްކަމަށާއި މިއީ އުފާކުރައްވަންވީ ކަމެއްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އިސްލާމީ ވުޒާރާގައި ކުރިއަށްގެންދާ ކަންކަމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބޭފުޅުންނަކީ ދީނީ ޢިލްމުވެރިންކަމަށެވެ. އެކަމަށްޓަކައި ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.