ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުން ކަމުން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިކަން އަންގާ އައިޝަތު ނޫރައްދީން އަށް ސިޓީއެއް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ިއިއްޔެ ވަކިކޮށްފައިވާއިރު، އޭނާއަކީ 42 އަހަރުގެ ދިގު މުއްދަތެއްގައި އެ ބޭންކަށް ހިދުމަތްކޮށްފައިވާ ފަރާތެކެވެ.

މި އަހަރުގެ ޖެނުއަރީ މަހުގައިވެސް ޕީސީބީން ވަނީ ބީއެމްއެލްގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކޮށްފައެވެ. ނަމަވެސް އެ ކަމާމެދު ގާނޫނީ ސުވާލުތައް ކުރިމަތިވެފައިވާތީ ޕީސީބީން ފަހުން ވަނީ އެ ނިންމުން ބާތިލުކޮށް ހިއްސާދާރުންގެ އާންމު ޖަލްސާއަކަށްފަހު އެ ފަސް ބޭފުޅުން ފަހުން އެ މަގާމުން ވަކިކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.