އެމެރިކާގެ ހައިބޫ މީޑިއާ ގްރޫޕުގެ އިސްވެރިންނާއި ދިވެހިރާއްޖޭގެ އިގްތިސާދާބެހޭ ވަޒީރު، މުހައްމަދު ސައީދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހައިބޫގެ އުފެއްދުންތަކުގެ މަޤްޞަދާއި ޙާޞިލުކުރެވުނު ކާމިޔާބީގެ ތަޖުރިބާ އެކުންފުނީގެ ފަރާތުން ވަޒީރާ ޙިއްސާކުރެއްވިއެވެ. އަދި އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މިގޮތުން ހައިބޫގެ އުފެއްދުންތަކަކީ ޖަނަވާރުންނާ ވާހަކަދެއްކުމުގެ ޤާބިލުކަން ލިބިފައިވާ 10 އަހަރުގެ ހިޔާލީ އަންހެން ކުއްޖެއްގެ ތަޖްރިބާތައް ދައްކައިދޭ އެނިމޭޓެޑް އުފެއްދުމެކެވެ.

ހައިބޫގެ ދުނިޔެއަކީ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އުނގަންނައިދޭ ޒަމާނީ މުނިފޫހިފިލުވުމުގެ ވަސީލަތެކެވެ. ހައިބޫގެ މަޝްރޫޢުގައި ފޮތްތަކާއި، އެނިމޭޓެޑް ޓީވީ ސީރީޒްތަކާއި، ކުޅޭ ތަކެއްޗާއި، ވީޑިއޯ ގޭމްތަކާއި، ފީޗަރ ފިލްމުތައް ހިމެނެއެވެ. ހައިބޫ މީޑިއާ ގްރޫޕުން ރާއްޖޭގައި ހޭދަ ކުރާ ވަގުތުކޮޅުގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި، އުނގަންނައިދިނުމުގެ ދާއިރާގައި ޙަރަކާކްތެރިވާ ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އަދި ކްރިއޭޓިވް ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައެވެ.