ޔޫކްރައިނަށް ރަޝިޔާ އަސްކަރިއްޔާއިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ މަޑުން އޮންނާތީ، އެކަމާ ކަންބޮޑުވެ ވަޑައިގެން ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓަކަށް ރަޝިޔާއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު ތަފާތު ޖަވާބެއް ދެއްވައިފިއެވެ.
ރައީސް މައުމޫނު ޓްވީޓް ކުރެއްވީ މިފަހުން ރަޝިޔާގެ ޖެޓްތަކުން ޔޫކްރައިނަށް ދެފަހަރެއްގެ މަތިން ހަމަލާތަކާ ގުޅުވައިގެންނެވެ. ޔޫކްރައިނުގެ ތިންބައިކުޅަ ދެބަޔަށް އަމާޒުކޮށް ރަޝިޔާގެ ހަމަލާތައް އަމާޒުވެ ފެނާއި ކަރަންޓުގެ ޚިދުމަތް ލިބުމަށް ދަތިވެގެން ދިޔައެވެ. އެކަމަކު މިހަމަލާތަކާ ގުޅިގެން އދ.އިން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ރައީސް މައުމޫނުގެ ޓްވީޓަށް ރައްދު ދެއްވައި ސަފީރު ލިވާން އެސް.ޒަޣްރިޔާން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މިއަދު ވޭނާއި ކެކުޅުން ތަހައްމަލް ކުރަމުން ދަނީ އެންމެ ގައުމެއްގެ ބޭއިންސާފު ނިންމުމުގެ ސަބަބުން ކަމަށެވެ. ބެލެވޭ ގޮތުގައި ސަފީރު އިޝާރާތް ކުރެއްވީ ސަލާމަތީ މަޖިލީހުން އިޒްރޭލުގެ އުދުވާން ދެފަހަރެއްގެ މަތިން އެމެރިކާއިން ވީޓޯގެ ބޭނުން ކުރި ކުރިމަމަށެވެ. ވީމާ އެކަން ފުރަތަމަ ކުއްވެރި ކުރެއްވުމަށް ރައީސް މައުމޫނުގެ ކިބައިން ސަފީރް ޒަޣްރިޔާން ވަނީ އެދިވަޑައިގެންފައެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލް އާންމު ސަލާމަތީ މަޖިލިސް މެދުވެރިކޮށް ހުއްޓުވުމަށް ރިސޮލިއުޝަން ދެފަހަރެއްގެ މަތިން ހުށަހެޅީވެސް ރަޝިޔާއިންނެވެ. މިދެފަހަރުވެސް މިކަން ވީޓޯ ކުރި އެމެެރިކާ އިސްވެ އޮވެގެންނެވެ.
ސަފީރު ޒަޣްރިޔާން ވަނީ ހުޅަނގުން ގެންގުޅެމުން އަންނަ ދެފުއްދެގޮތް ސިޔާސަތުތައް ބެއްލުމަށްވެސް ރައީސް މައުމޫނަށް ގޮވާލައްވާފައެވެ. "ޔޫކްރައިނާއެކު ތުރުކީގައި 2022 ވަނަ އަހަރު ކުރިއަށް ގެންދެވުނު ސުލްހައިގެ މަޝްވަރާތައް ނިމުމަކާ ގާތްވެފައި ވަނިކޮށް އަދާވާތްތެރިވުމަށް ޔޫކްރައިނަށް ހިތްވަރުދީ، ދެކޮޅުވެރިކަން ކުރިއަށް ނެރުމަށް ޔޫކްރައިނަށް ހިތްވަރު ދިނީ ހުޅަނގުން. ޔޫކްރައިނު އަސްކަރިއްޔާ ހިންގި ކަންތައްތަކެއް ސަބަބުން ދޮންބަސް ސަރަހައްދުން އެތައް ބައެއްގެ ފުރާނަ ގެއްލިގެންދިޔަ" ރައީސް މައުމޫނުގެ ޓްވީޓަށް ރައްދު ދެއްވައި ސަފީރު ޒަޣްރިޔާން އޭނާގެ ފޭސްބުކް ޕޭޖުގައު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ބަލަތަނެއްދޮރެ ނޭނގި ހުރެ ތިމާވަރުމީހަކު ނެއްކަމައް ދެކިގެން އަނގަފުޅާކުރާއިރު ބޮޑު ދީނީ އިލްމުވެރިޔާ ޔައް ސަފީރު ބުނިހެން ނުފެނުނު މުސްލިމުންތަކެއް ކަތިލަމުން ދާއިރު އެކަމާ ޗުއްޕުވެސް ނުބުނީ އިޒުރޭލްގެ އެ އަނިޔާތަކަށް ތާއީދު ކުރާތީ ކަމައްގިނާރައްޔަތުންދެކޭ ވީމާ މައުމޫނު ސައިޒުގައިހުރުންރަނގަޅުވާނީ