ރެހެންދި ސްކޫލުގެ ދަރިވަރުންނަށް ނަމާދާއި ބެހޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.

ހޯމަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ މި ވޯކުޝޮޕުގައި އެ ސްކޫލްގެ ގުރޭޑު 6 ގެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕުގައި އަލިއަޅުވާލާފައިވަނީ ސުންނަތް ނަމާދުތަކާއި ގުޅޭ ގޮތުންނެވެ.

މި ވޯކްޝޯޕުގެ ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚް އިބްރާހިމް ރަޝީދާއި ސަލްމާން މިސްކިތުގެ އިމާމް އައްޝައިޚް ޢައްމާރު އިލްޔާސްއެވެ.

މީގެއިތުރުން އިސްލާމީ ކަންތަކާއި ބެހޭ ވުޒާރާއިން ވަނީ ފަލާހް ޕްރީސްކޫލުގެ ދަރިވަރުންނަށް ވެސް ނަމާދާއި ބެހޭ ސެޝަނެއް ނަގައިދީފައެވެ. ސަލްމާން މިސްކިތުގައި ކުރިއަށްދިޔަ މި ސެޝަނުގައި ކުދިންނަށް ކިޔަވައިދެއްވާފައިވަނީ ސަލްމާން މިސްކިތުގެ އިމާމް މުޙައްމަދު ޖަލީލް އިސްމާޢީލްގެ އިތުރުން އައްޝައިޚް އަލީ ޝަހީދުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެކި ސްކޫލްތައް ގުޅިގެން ދީނީ މަޢުލޫމާތު ސްކޫލް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.