މޯލްދިވްސް ނެޝަނަލް ޑީފެނސް ފޯސަސް (އެމްއެންޑީއެފް) އިން ލ.ދަނބިދޫ ސްކޫލުގެ ބެލެނިވެރިންނަށް ފަސްޓް އެއިޑްއާއި ޓީމް ބިލްޑިންގ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފް އިން ލ.ދަނބިދޫ ސްކޫލު ގުޅިގެން ސެޕްޓެންބަރު 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ފަސްޓް އެއިޑް ޕްރޮގްރާމުގައި އެ ސްކޫލުގެ 39 ބެލެނިވެރިން ބައިވެރިވިއެވެ.

ދަނބިދޫ ސްކޫލުގައި ކުރިއަށް ގެެންދިޔަ ފަސްޓް އެއިޑް ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސީޕީއާރުއާއި، ފިހިގެންނާއި ކަނޑައިގެން ލިބޭ ޒަޚަމްތަކާ އަދި ފްރެކްޗަރއަށް އަވަސް ފަރުވާދޭނެގޮތްތަކެވެ. އަދި ޢަމަލީގޮތުން އެ ބައިތައް ސެޝަންގެ ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.

މީގެއިތުރުން ޓީމް ބިލްޑިންގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށުގެ ފުޓްބޯޅަދަނޑުގައެވެ. މި ސެޝަންތަކުގައި ބެލެނިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.