ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީ، ސުޕްރީމް ސްވިސް ހޯލްޑިންގ އޭޖީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރ ސަޢުދީގެ އިތުރުން އެމްޓީސީސީގެ އިސްބޭފުޅުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ މި ދެ ކުންފުނީގެ ދެމެދުގައި މިހާރުވެސް އޮތް ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދުކަމަށް އެމްޓީސީސީއިން ހާމަކުރެއްވިއެވެ. މި މަޝްވަރާތަކުން ދެ ފަރާތަށްވެސް ފައިދާވާނެ ކުރިއަށް އޮތް ތަނުގައި ހިންގާނެ މަޝްރޫޢުތަކާއި އިސްނެގުންތަކަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

ސުޕްރީމް ސްވިސް ހޯލްޑިންގ އޭޖީ އަކީ ސުވިޒަލޭންޑުގައި ޤާއިމުވެފައިވާ، އެކި ބާވަތުގެ ސިނާޢީ އަދި ވިޔަފާރި މަޝްރޫޢުތައް ތަރައްޤީކޮށް ހިންގުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.