ތ.އަތޮޅުގެ ޓެކްނިކަލް މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށްޓަކައި 'ސޯލާ ޕީވީ-ބީއީއެސްއެސް' ހައިބްރިޑް ސިސްޓަމްތައް ހިންގުމާއި ބެލެހެއްޓުމާ ގުޅޭ ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފެނެކަ ކޯޕަރޭޝަންއިން ބާއްވައިފިއެވެ.

މި ސިސްޓަމްތައް ޤާއިމުކުރެވިފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގާ، 'ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް' (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުންނެވެ.

އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތ. އަތޮޅުގެ 12 ރަށެއްގައި ޖުމްލަ 2.5 މެގަވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް ޤާއިމުކޮށްފައިވެއެވެ. އަދި 2.758 މެގަވޮޓުގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްވެސް ވަނީ ހަރުކޮށްފައެވެ .މި ޕްރޮޖެކްޓް ބ. އަތޮޅާއި ރ. އަތުޅުގައިވެސް ފެނެކައިން ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ތަމްރީނަކީ އިއާދަކުރަނިވި ހަކަތައިގެ ސިސްޓަމްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް ފެނަކައިން ދެމުންގެންދާ އަހައްމިއްޔަތުކަމުގެ ބައެކެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޕްލޭންގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްލަ ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިޔާދަކުރަނިވި ނުވަތަ އަލްޓާނެޓިވް ހަކަތައިގެ ވަސީލަތްތަކުން އުފެއްދުމެވެ.