އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ.އިސްދޫ ކައުންސިލް އިދާރާ ގުޅިގެން އެރަށުގެ ކަނބަލުންނަށް ފަސްޓް އެއިޑް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ މިސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސީޕީއާރުއާއި، ފިހިގެންނާއި ކަނޑައިގެން ލިބޭ ޒަހަމްތަކާ އަދި ފްރެކްޗަރއަށް އަވަސް ފަރުވާދޭނެގޮތްތައް ކިޔައިދީ، އަދި އަމަލީގޮތުން އެ ބައިތައް ސެޝަންގެ ބައިވެރިން ވަނީ ފަރިތަކޮށްފައި ކަމަށެވެ.

މި ސެޝަންތަކުގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.

ސެޕްޓެންބަރު 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި އެ ރަށުގެ 56 ކަނބަލުން ބައިވެރިވިއެވެ.