ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ފާރަކަށް އަރައިގެންނެވެ. ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ރިޕޯޓް ލިބުނީ މިއަދު ހެނދުނު 06:50 އެހާކަންހާއިރު ކަމަށާއި މި މައްސަލަ ތަހުގީގުުރަމުން އަންނަކަމަށެވެ.

އިއްޔެ ރޭ ދަންވަރު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. ސްޕޯޓް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވީ ލ. އިސްދޫ ،ބީޗް ހައުސް އުމުރުން 23 އަހަރުގެ ހަސަން ސަމާހްއެވެ.