ހދ. ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ އެރަށު އުތުރު ބަނދަރު ފަޅުތެރޭގައި މީހަކު މަރުވެފައިއޮތްކަމަށް މިއަދު ހެނދުނު 8:17 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ އެރަށު ޑެއިޒީފެހި، އުމުރުން 36 އަހަރުގެ ހަސަން މުހައްމަދު ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން އެރަށު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައިކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.