ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މި ޕްރޮގުރާމު އިންތިޒާމުކުރުމުގައި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ހަނދާނީ ފިލައެއް އަރުވާފައިވާ ކަމަށެވެ. އަދި މި ހަނދާނީ ލިޔުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަތުހީ އާ ހަވާލުކޮށްދެއްވީ ޗީފް ޕަބްލިކް އެކައުންޓަންޓް ޔާސީން ހުސައިން ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕުރޮގުރާމުގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ ފިސްކަލް އެނަލިސްޓް އަހުމަދު ނައީމް އަދި ފިސްކަލް އެގްޒެކެޓިވް އަހުމަދު އަޒްޔާން ހަމީދެވެ.
އަދި ދެވަނަ ދުވަހުގައި މި ތަމްރީނު ޕުރޮގުރާމްގެ ފުރަތަމަ ސެޝަން ނަގައިދީފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާ ގުޅޭ ގޮތުންނެވެ. މި ސެޝަން ނަންގަވައިދެއްވަނީ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް ހައްވާ ސަފްނާ އަދި އެސިސްޓަންޓް ޕްރޮކިއުމަންޓް އެގްޒެކެޓިވް ނަސީހު ނަސީމެވެ.
މީގެ އިތުރުން މި ޕުރޮގުރާމްގެ ދެވަނަ ދުވަހުގެސެޝަން ނަންގަވައިދެއްވީ ޗީފް ޕަބްލިކް އެކައުންޓަންޓް ޔާސީން ހުސައިންއެވެ. އަދި ފަހު ސެޝަން ނަންގަވައިދެއްވީ އެސިސްޓަންޓް ފަންޑްސް އެގްޒެކެޓިވް އަސްނާދު ސައީދެވެ.
މި ޕްރޮގްރާމަކީ ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ގުޅިގެން ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މިމަހު 11 ވަނަ ދުވަހު ފެށި މި ޕްރޮގުރާމުގައި ޖުމުލަ 47 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ