ޕާކިސްތާންގެ ޕަންޖާބްގައި ނޭވާލާން އުދަގޫވާ ވަރަށް ދުން ބޯވުމުގެ ސަބަބުން މޯލްތަކާއި އާންމުން އެއްވާ ތަންތާނގައި ވައިސާފު ކުރުމަށް އެއަރ ޕިއުރިފަޔަރ ބެހެއްޓުމަށް ސްޓޭޓް ސަރުކާރުން އަންގައިފިއެވެ.
ލާހޯރާއި މުލްތާނާއި ފައިސަލްއާބާދާއި ގުންޖަރުވާލާ އަކީ އެންމެ ބޮޑަށް ދުން ބޯވެފައިވާ ސިޓީތަކެވެ.
ބައެއް ހިސާބުތަކުގައި އުޅަނދުތައް ދުއްވުން މަނާކޮށް މަގުތައްވެސް ބަންދުކޮށްފައި ވެއެވެ.