ދީނީ އިޖްތިމާއީ މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފިއެވެ. މި މަހާސިންތާ އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ މިފަދަ މަހާސިންތާއެއް އެ މިނިސްޓްރީން ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިމަހާސިންތާގައި 70 އަށް ވުރެ ގިނަ ޖަމިއްޔާތަކުން ބައިވެރިވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އެ މިނިސްޓްރީން ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދީނީ ވަހުދަތު ދެމެހެއްޓުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން ކަމަށެވެ.
އެގޮތުން މިދިޔަ މެއި މަހު އިސްލާމިކް މިނިސްޓްރީން ވަނީ ތައުހީދާ ގުޅޭ ގޮތުން އިލްމީ މައުލޫމާތު ދިނުމަށް ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީއާ ގުޅިގެން އިލްމީ ޕޯރަމްއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
މިނިސްޓްރީން ވަނީ އެ ފޯރަމް ދެވަނަ ބެޗެއް ވެސް ކުރިއަށް ގެންދަން ނިންމަވައިފައެވެ.