ހަފްތާއެއްހައި ދުވަހު ފިޔާ ކިލޯއެއްގެ އަގު 100-80 ރުފިޔާއާ ދެމެދު ހުރުމަށްފަހު މިއަދު 40 ރުފިޔާއަށް ދަށްވެއްޖެއެވެ.
ވިޔަފާރިވެރިން ވަނީ އިއްޔެ އާއި މިއަދު ގިނަ އަދަދެއްގެ ފިޔާ އިންޑިޔާއިން ރާއްޖެ ގެނެސް ބާޒާރަށް ނެރެފައެވެ.
ބާޒާރުމަތީ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކަމުންދާ އަގު މިއަދު ހަވީރު "ހަލި ނިއުސް" އިން ބެލިއިރު ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުއްޓެވެ. އަދި ބައެއް ފިހާރަތަކުގައި ހުރީ 60-40 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މުޅި އަހަރަށް ބަލާއިރު މައިގަނޑު ގޮތެއްގައި މާލޭ ބާޒާރުގައި ފިޔާ ކިލޯއެއް 20-12 ރުފިޔާއަށް ގަންނަން ލިބެއެވެ. އެކަމަކު އިންޑިޔާގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެގައުމުން ފިޔާ ބޭރު ކުރުން ދަތިކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ދެއެވެ.
ބާޒާރުގެ އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާއިރު ލިނބޯ ކިލޯއެއް އުޅެނީ 90-80 ރުފިޔާ ދެމެދުގައެވެ. ލޮނުމެދު ކިލޯއެއް 60-50 ރުފިޔާއާ ދެމެދުގެ އަގެއްގައި ހުރިއިރު، ގިތެޔޮ މިރުސް ކިލޯއެއް 220 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
މުއިއްޒު ރަތްޔިތުން ނިކުމެ ވެރިކަމުން ބާލަންވީ މިހާރު މާބޮޑަށް ލަސްވެއްޖެ