އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފްލޮރިޑާގައި ހުރި އޭނާގެ ގޮލްްފް ރިސޯޓުގައި މަރާލަން އުޅުނު ކަމަށް ބެލެވޭ ހާދިސާއަކުން އެއްވެސް ގެއްލުމެއް ނުވެ ސަލާމަތްވެއްޖެއެވެ.

އެފްބީއައިން ކަށަވަރުކޮށްދިން މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހު، ރިސޯޓުގެ ސަރަހައްދު ކައިރީގައި ހަތިޔާރު އަޅައިގެން ހުރި މީހަކާ ދިމާލަށް ސްކްރެޓް ސަރވިސްގެ އޭޖެންޓަކު ބަޑި ޖަހާލި ވަގުތުގައެވެ. އެވަގުތު ގޮލްފް ކުޅެމުންދިޔަ ޓްރަމްޕް، އޭނާގެ ތާއީދުކުރާ ފަރާތްތަކަށް ނެރުނު ބަޔާނެއްގައި އޭނާ "ރައްކާތެރިކަމާއި ދުޅަހެޔޮކަމާއެކު" ހުރިކަން އަންގައި، އޭނާގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް އޮތް އަޒުމުގައި ދެމިހުރިކަން ބަޔާންކޮށްފައިވެއެވެ.

ޝައްކުކުރެވޭ މީހާ، 58 އަހަރުގެ ރަޔަން ވެސްލީ ރައުތު ކަމަށް ބުނެވޭ މީހާ، އެތަނުން ފިލައިގެން ދިޔަ ނަމަވެސް ލަސްނުވެ ހައްޔަރުކުރެވުނެވެ. ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދުން ރައިފަލްއަކާއި ކެމެރާގެ ސާމާނު ހޯދާފައިވެއެވެ. ޕާމް ބީޗް ކައުންޓީގެ ޝެރިފް ރިކް ބްރެޑްޝޯ ވަނީ ޓްރަމްޕްގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަވަހަށް އަޅާފައިވާ ފިޔަވަޅުތަކަށްޓަކައި ސީކްރެޓް ސަރވިސްއަށް ތަޢުރީފުކޮށްފައެވެ.

މި ހާދިސާ ހިނގާފައިމިވަނީ ޖުލައި މަހު ޕެންސިލްވޭނިއާގައި ބޭއްވުނު ރެލީއެއްގައި ޓްރަމްޕްގެ ގަޔަށް ބަޑި ޖެެހި ހާދިސާއަށްފަހުގައެވެ. އެ ހަމަލާގެ ސަބަބުން ސީކްރެޓް ސަރވިސްގެ ޑިރެކްޓަރ ކިމްބަރލީ ޗީޓްލް ވަނީ އިސްތިއުފާ ދީފައެވެ.

2024 ވަނަ އަހަރުގެ އިންތިޚާބު ކައިރިވަމުން އަންނައިރު، ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ޓްރަމްޕްގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން އިތުރު ތަޙުޤީޤުތައް ކުރުމަށް ގޮވާލާފައެވެ.