އައި.ޖީ.އެމް.އެޗް އަދި ވިލިމާލޭ ހޮސްޕިޓަލްގެ އިންޓާރނަލް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން އިޢުލާންކޮށްފިއެވެ. އެ ހޮސްޕިޓަލުން ހުށަހަޅާ "ޓީއޯއާރު" އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި، ބިޑް ހުށަހަޅާ ފަރާތުން ސަމާލުކަން ދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުމާއި، ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ.
މި މަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި ފޯނު ނަމްބަރ އެނގޭނެހެން 17 ސެޕްޓެމްބަރ2024ގެ ކުރިން [email protected] އީމެއިލް އަށް ފޮނުވައި ދެއްވުމަށެވެ. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި އެހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders އިން ލިބެންހުންނާނެ ކަމަށް އެފަރާތުންކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.