ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި އަދި އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކަށް އަދި ރަށަށް ރީތިނަމާއި ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެގޮތުން، މުލަކަތޮޅު ދިއްގަރު ކައުންސިލުން 'ރަންދި އެވޯޑް' ގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމާފައިވާތީ، އެ އެވޯޑުގައި ހިމެނޭ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން އާއްމުކޮށް ހުޅުވާލައިފިއެވެ.

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި، އެދާއިރާތަކުން އެވޯޑް ޙައްޤުވާ ފަރާތްތައް ކަނޑައަޅާނެ މިންގަނޑުތަކާއި، އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް، އެ ކައުންސިލުން ފާސްކޮށްފައިވާ 'ރަންދި އެވޯޑް ދިނުމުގެ ޢުޞޫލް' ގައި ވަނީ ބަޔާންކޮށްފައެވެ. އެ އުސޫލް އެކައުންސިލުން ކޮށްފައިވާ އިޢުލާނާއެކު ވަނީ ޢާންމު ކޮށްފައެވެ. އަދި އެކައުންސިލްގެ އިދާރާގެ ވެބްސައިޓުން ލިބެން ހުނާނެކަމަށް އެކައުންސިލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2024 އޮކްޓޫބަރ 15 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން، އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް ނަންގަވައި، ފުރުއްވުމަށްފަހު، ހުށަހަޅަންޖެހޭ އިތުރު ލިޔުންތަކާއިއެކު، ކައުންސިލް އިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުމަށް ކައުންސިލުން އެދިލައްވައެވެ.

އެވޯޑުގައި ހިމެނޭ މަތީދަރަޖައިގެ ބައިން، އެވޯޑު ދިނުމުގައި މުއްދަތު ބަލާނީ ކައުންސިލްގެ 4ވަނަ ދައުރު ފެށުނު ތާރީޚްކަމުގައިވާ 17 މޭ 2021 އިން ފެށިގެން އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚް ކަމުގައިވާ 15 އޮކްޓޫބަރު 2024 ގެ ނިޔަލަށެވެ.

ޢުޞޫލް ލިންކް:https://shorturl.at/QDvpnފޯމް ލިންކް:https://shorturl.at/jW3sL