ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އައު ޕަރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާ މިހެންވިދާޅުވީ މުނާއަށް މަޤާމުގެ ލިޔުން ޙަވާލުކޮށް ދެއްވުމަށް އެވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ތަޖުރިބާ ލިބިލައްވައިފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ސަރުކާރުން ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތައް ވަޒީރު ބޭނުންފުޅުވެ ލައްވާ ގޮތަށް ޙާޞިލްކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށާއި، ލިބިލައްވައިފައިވާ ތަޖުރިބާގެ އަލީގައި ޤާނޫނުން މަތިކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވައިނެ ކަމުގައިވެސް ވިދާޅުވިއެވެ.

މަޢުލޫމާތޫ: https://sarukaaru.gov.mv/articles/4210