މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ފަތިހު 5:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން އައި ތިން މީހަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގު ނިންމައި، މޮލްވި މުޙައްމަދު ހާރޫން (49އ) ޕާކިސްތާން އާއި ވ. ސިނަމާލެ 4 3-03 ޝާހިލް މުޙައްމަދު (40އ)ގެ އިތުރުން އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު ޢައްފާނު (25އ) ގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބަލައިގެންފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ޤަބޫލު ކުރިޔަސް ނުކުރިޔަސް .....ކޮމެންޓް ޖެއްސަސް ނުޖެއްސަސް......ޙައްލަކީ ޢުމަރު.........ޙުކުމް ތަންފީޒު ކުރަން ކެރޭނެ ...ކުރާނެ....އެހިތްވަރު ހުންނާނެ.... * ދައުލަތުން ވައްކަން ކޮށްފި ނަމަ...އަތް ކަނޑާނެ. * ޑްރަގު ހުއްޓުވާނެ....އެތެރެ ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ. * މަރުގެ ޙުކުމް ތަންފީޒު ކުރާނެ. * ގޭންގް ހުއްޓުވާނެ. * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ. * ގޭންގް ވުޖޫދުން ފޮހެލާނެ. ތައްޤީ ގެންނާނެ. * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ * އިސްލާމް ދީނަށް އިސްކަންދޭނެ.
ގަބޫލު ކުރިޔަސް ނުކުރިޔަސް..ކޮމެންޓް ޖެއްސަސް ނުޖެއްސަސް.....ޙައްލަކީ ޢުމަރު.....ކަންކަން ތަންފީޒު ކުރަން ކެރޭނެ....ކުރާނެ......އެހިތްވަރު ހުންނާނެ..