ރާއްޖޭގެ ލޯކަލް އޮތޯރިޓީ ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ބޭނުންވާނަމަ އަމަލުކުރާނީ މި ދަންނަވާ ފިޔަވަޅުތަކަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން ކުންފުނީގެ އާ ނަން ރިޒާވްކޮށް ކުރަންވާނެއެވެ. އާ ނަން ރިޒާވް ނުކޮށް ނަން ބަދަލު ކުރުމުގެ އެޕްލިކޭޝަން ކުރިއަކަށް ނުގެންދެވޭނެއެވެ.
މި ހިދުމަތަށް އެދި ހުށަހަޅާ ފަރާތަކި ކުންފުނީގެ ފަރާތުން ހުއްދަ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. މިގޮތުން އެޕްލައި ކުރުމަށްޓަކައި ފުރަތަމަ އީފާސް އެކައުންޓަށް ލޮގްއިންވެ، އެޕްލިކޭޝަން ހުށަހެޅުމުގެ ޕްރޮސެސް ފެށޭނެ "ވަންގަވް" ހޯމްޕޭޖަށް ޑައިރެކްޓް ކުރެވުމުން، ނަން ބަދަލުކުރުމަށް އެދި ހުށަހެޅުމަށް ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް އަމަލުކުރާށެވެ.
އެޕްލައި ކުރާއިރު ހުށަހަޅަން ޖެހޭނީ ސްޕެޝަލް ރިޒޮލިއުޝަނެވެ. އެއީ ކުންފުނީގެ ނަން ބަދަލު ކުރުމަށް ކުންފުނީގެ ހިއްސާދާރުން ފާސްކުރާ ލިޔުމެކެވެ. އެޕްލިކޭޝަން ހުށަހަޅައި ނިމުމުން، އީމެއިލް އަދި ފޯނު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުނުކަން ޔަގީންކޮށްދޭ ނޮޓިފިކޭޝަނެއް ލިބިގެންދާނެއެވެ. އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ޓްރެކް ކުރަން ބޭނުންވާނަމަ ޕޯޓަލްގައިވާ "މައި އެޕްލިކޭޝަންސް" ޓެބް މެދުވެރިކޮށް ޗެކު ކުރެވޭނެއެވެ. ކުންފުނީގެ އާ ނަން ދައްކުވައިދޭ އާ ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ޕްރޮސެސްވެ ނިމުމުން އެޕްލިކޭޝަން ހުށަހެޅި ފަރާތާ ހިއްސާ ކުރެވިގެންދާނެއެވެ.
ނަން ބަދަލުކުރާ ކޮންމެ އެޕްލިކޭޝަނަކަށް 100 ރުފިޔާގެ ސާވިސް ފީއެއް ނަގާނެއެވެ. އެޕްލިކޭޝަން އެޕްރޫވް ވުމުން، އީމެއިލް އަދި ފޯނު މެދުވެރިކޮށް މި ސާރވިސް ޗާޖުގެ ޕޭމަންޓް ދެއްކުމަށް ނޮޓިފިކޭޝަން ލިބޭނެއެވެ. ޕޭމަންޓް ފުރިހަމަ ކުރުމަށްޓަކައި “މައި އެޕްލިކޭޝަންސް” ޓެބަށް ވަދެ، ބަނޑޭރިޕޭ ޕޯޓަލް އަށް ރީޑައިރެކްޓް ކުރާ ޕޭމަންޓް އޮޕްޝަން ޚިޔާރުކުރާށެވެ.
ރަނގަޅަށް ފުރިހަމަކޮށް ހުށަހެޅޭ ހުރިހާ އެޕްލިކޭޝަންތަކެއް ޕްރޮސެސް ކުރުމަށް ލަފާކުރެވޭ މުއްދަތަކީ އެޕްލިކޭޝަން ހުށަހެޅޭ ރަސްމީ މަސައްކަތު ދުވަހުގެ ތެރޭގައެވެ. މިކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މައުލޫމާތު ސާފުކުރެވޭނެއެވެ.
މަޢުލޫމާތު: https://sarukaaru.gov.mv/articles/3814
ލޯކަލް އޮތޯރިޓީ ކުންފުނި ތަކަކީ ކޮބާ؟