ބްރިޖުގެ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި ދެ ސައިލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕަށް ފުލުހުން ފޮނުވި މިއަދު ކޮށްފައިވާ މެސެޖުގައި ބުނީ އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރު 12:57 ހާއިރު ކަމަށެވެ.

އަދި މި އެކްސިޑެންޓެއްގައި އަނިޔާވެގެން މީހަޔަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށައިފައިވާ ކަމަށާއި އަނިޔަވީ އަންހެނަކަށް ކަަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން އިން ދެ މީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންކަމަށެވެ.

ފުލުހުން ދަނީ އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންނެވެ.