ޖަޕާން-މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ވޯކިންގް ގުރޫޕް" އިފްތިތާހް ކޮށްފިއެވެ.

މި ވޯކިން ގްރޫޕް އިފްތިތާހްކުރެއްވުމަށް ޓޯކިއޯގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އެމްބަސީން ބައިވެރިވެފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ޖަޕާނުގެ ފާހަގަކޮށްލެވޭ ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރސް އަދި ޓްރެވެލް އެޑުވައިޒަރުންގެ 16 މެމްބަރުން އެކުލެވޭ ގޮތަށް އުފެއްދި މި ގުރޫޕުގެ މައިގަނޑު މަސަތްކަތެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ހެދުމުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އިތުރުކުރުމެވެ.

ޖަޕާނަކީ ކޮވިޑް 19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ ގައުމުތަކުގެ ތެރޭ ހިމެނޭ ގައުމެކެވެ. ނަމަވެސް ކޮވިޑް 19 އަށް ފަހު 2021 އަދި 2022 ވަނަ އަހަރު ފަތުރުވެރިންގެ އަދަދު ނިސްބަތުން ދަށަށް ދިޔަ ނަމަވެސް 2023 ވަނަ އަހަރު ޖަޕާނުން ރާއްޖެއަށް ދަތުރު ކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.