ދިވެހި ފުލުހުންގެ ފަރާތުން ފޭސް 2 ގައި ޗުއްޓީގައި ސަމާލުވާންވީ ކަންކަމާމެދު މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފޭސް 2ގެ ޕޮލިސް ސްޓޭޝަނާއި އެ ސަރަހައްދުގެ އަވަށްޓެރި ފުލުހުން ގުޅިގެން ކުރިއަށް މި ސެޝަން އޮތީ ސަލާހުއްދީން ސްކޫލު ކައިރީގައެވެ. މި ސެޝަންގައި ފުލުހުން ވަނީ އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަާއި ބައްދަލުކޮށްފައެވެ.
މި ސެޝަންގައި ޗުއްޓީއަށް ރަށުން ބޭރަށްދާނަމަ ގޯތިގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެގޭ އިތުުރުން، އެކްސިޑެންޓުތަކުން ރައްކާތެރިވުމަށާއި ޗުއްޓީ ދުވަސްވަރަށް ވުމާއެކު ދަތުރުދިއުމާއި މޫދަށް އެރުންފަދަ ކަންކަން ކުރާނަމަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ.
ހަމަ އެހެންމެ ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރަނގަޅު ކަންކަމުގައި ކުދިން މަޝްއޫލުކުރުވުމަށް ކުރެވިދާނެ ކަންކަން ބުނެދީ އެމެޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތަކާއި ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.