ސަހްޔޫނީ އިޒްރޭލާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަ ކުރަން ތައްޔާރަށް ތިބި ކަމަށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ޝެއިޚް ނައީމް ޤައްސެމް ވިދާޅުވެއްޖެއެވެ.

ނައީމް ޤައްސެމް މިފަދައިން ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ޓީވީ މެދުވެރިކުރައްވައި ދެއްވި ހިތާބެއްގައެވެ.

މިއީ މީގެ ދެ ދުވަސް ކުރިން އިޒްރޭލުން ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލިފަހުން ހިޒްބުﷲ ގެ ވެރިޔަކު ރަސްމީކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ވައިގެ މަގުން އެތައް ހަމަލާއެއްދީ ހިޒްބުﷲގެ މިސައިލު ސިސްޓަމްތަކަށް ބޮޑެތި ގެއްލުންތަކެއްދީ، އެޖަމާއަތުގެ އިސް އެތައް އޮފިޝަލުންތަކެއް ޝަހީދު ކޮށްލާފައިވާއިރު ހިޒްބުﷲ ޖަމާއަތް ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށް މިހައްލިލުން ވިދާޅުވެއެވެ.

ސަހްޔޫނީ އިޒްރޭލުން ގެންދަނީ ލުބްނާނުގެ ދެކުނަށް އަރައިގަތުމަށްޓަކައި 100،000 ސިފައިންގެ ލަޝްކަރެއް ލުބްނާނު ބޯޑަރު ކައިރިއަށް ޖަމާ ކުރަމުންނެވެ.