ޢާއިލާާއި، ރައްޓެހިންނާއެކު މީރު ކެއުމެއް ކާން ދާންވީ، ވެސްޓް ކިޗަންއަށެވެ. މިއީ ހުރިހާ ވައްތަރެއްގެ އަދި ޚާއްސަކޮށް އިންޑިއާ ކެއުންތައް ލިބެންހުންނަ މަޝްހޫރު ރެސްޓޯރެންޓެކެވެ.

މިތަނުގެ ރަހަތައް ބަލާލަން ހުރިހާ އެންމެންވެސް އަވަހަށް ވެސްޓް ކިޗަންއަށް ދާންވީއެވެ. ވަގުތުގެ ގޮތުން ދެވެން ނެތް ފަރާތްތަކުން އަވަހަށް ގުޅާލަންވީއެވެ. ހީވެސް ނުކުރާހާ އަވަހަށް ސީދާ ގެޔަށް ގެންގޮސްދޭނެއެވެ. މީގެ އެންމެ މުހިންމު ކަމަކީ ކެއުމުގެ ރަހަތަކެވެ. މީރު ހިތްގައިމު ރަހައެވެ. އެއްފަހަރު ކައިފިނަމަ ޔަގީނުންވެސް އިތުރު އެހެން ތަނަކަށް އޯޑަރު ކުރާހިތެއް ނުވާނެއެވެ.

ހެނދުނު ސައިގެ އިތުރުން މެދުންދުރު ކެއުމާއި ރޭގަނޑުގެ ކެއުންވެސް ލިބެން ހުންނާނެއެވެ. އަދި އެބޭފުޅަކު ބޭނުންވާ އެއްޗެއް ތާޒާކަމާއެކު ތައްޔާރުކޮށްލަދޭނެއެވެ.

ގާކޮށީގެ އެތެރޭގައި ކަންމައްޗަށް ވާގޮތަށް ދެބުރިއަށް ހަދާފައިވާ މި ރެސްޓޯރެންޓަކީ، ވެހިކަލްތަށް ފަސޭހައިން ޕާކުކޮށްލެވޭ ގޮތަށް ހުރިތަނެކެވެ.

ވެސްޓްކިޗަންއަށް އޯޑަރ ކުރުމަށް ގުޅުއްވާނީ، 7624004 ނަމްބަރ ފޯނަށެވެ.