ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދުވެސް މޫސުން ގޯސްވެ ހުދާއި ރީނދޫ ސަމާލު ލަފާކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ނެރެފިއެވެ.
އެގޮތުން އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް މިއަދު މެންދުރު 13:00 ހަަމައަށެވެ.
މެޓުން ބުނީ މި ހުދު ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނޭ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ހަމައެއާއެކު އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 11:00 ހަަމައަށެވެ.
މި ސަމާލުގައި ބޯކޮށް އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ.
މީގެއިތުރުން އެ އިދާރާއިން ވަނީ ހާއްސަ ގޮތެއްގައި ކަނޑުދަތުރު ކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.