އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރާ ޢަރަބިންނަކީ، އެހެން ބަޔަކަށް ކުއްޔަށް ހަނގުރާމަކޮށްދޭ ޕްރޮކްސީ ހަނގުރާމަވެރިންނެއް ނޫން ކަމަށް ޢޮމާންގެ ޚާރިޖީ ވަޒީރު ބަދުރުލް ބޫސަޢީދީ ވިދާޅުވެއެވެ.

އޭނާ ވިދާޅުވީ ޒަޔަނިސްޓުންގެ ޢުދުވާނާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކަށް ހުޅަނގު މީޑިއާއިން ހުތުރު ނަމެއް ދިނުމަށްޓަކައި އެމީހުންނަކީ، އީރާނުން އިންދާފައިވާ ޕްރޮކްސީން ކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށެވެ.

ޔޫކޭ ފައިނޭންޝަލް ޓައިމްސްއާ ވާހަކަ ދައްކަވަމުން ބޫސަޢީދީ ވިދާޅުވީ މެދުއިރުމައްޗަށް ހަމަނޭވާއެއް ލެވޭނީ ޒަޔަނިސްޓުން ކޮންޓްރޯލު ކުރެވިގެންނެވެ.

ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ ޔަހޫދީ ޒަޔަނިސްޓުންނަކީ އެމެރިކާއިން ދީފައިވާ ހަތިޔާރުން އެމެރިކާއަށް ކުލީ ހަނގުރާމައެއް ކޮށްދޭ ބައެކެވެ.