ކޮވިޑް-19ގެ ކޭސްއެއް ފެނިގެން ހދ. ނޭކުރެންދޫ މޮނިޓަރިންގެ ޙާލަތަށް ލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށް މޮނިޓަރިންގެ ޙާލަތަށްގެންދިޔައީ ރަށުގައި އުޅުމަށްފަހު ރިސޯޓަކަށް ދިޔަ މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ރިސޯޓަށް ދިއުމަށްފަހު ހެދި ޓެސްޓުންނެވެ.

މި ކޭސްއާ ގުޅިގެން ނޭކުރެންދޫ މޮނިޓަރިންގެ ޙާލަތަށް ގެންގޮސް އެރަށަށް އަރާފޭބުންވަނީ މަނާކޮށްފައެވެ. މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އަދި ބަލިމީހާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމާއި އެމީހުން އެކަހެރިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ. ރަށުން ރެންޑަމް ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.