މިއަހަރުގެ ޑިސެމްބަރު 15 ފެށިގެން ފެށިގެން ރާއްޖޭގައި ވޭޕްކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާކަމަށެވެ

މީގެ އިތުރުން، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކި ޖަމިއްޔާތަކުންވެސް ވޭޕާއި އީ-ސިނގިރޭޓުގެ ބާވަތްތައް މަނާކުރުމަށް ދަނީ ގޮވާލަމުންނެވެ. އެގޮތުން، ޤައުމީ ކުޅިވަރު ޖަމްޢިއްޔާތަކުން ރާއްޖޭގެ ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން ފަދަ ޖަމިއްޔާތަކުން މި ވޭޕް މަނާކުރުމަށް ގޮވާލާފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން ވޭޕް ފަދަ އާލަތްތަކަކީ ސިއްހަތަށް ގެއްލުންދޭ، ދުންފަތުގެ ބާވަތެއްކަމަށް ވަނީ ކަނޑައަޅާފައިއެވެ. އަދި މިކަމާ ގުޅިގެން 50 ގައުމަކަށް މިހާރު ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައިއެވެ. ވޭޕްއާއި ދުންފަތުގެ ބާވަތަތަކަކީ އޭތި ބޭނުންކުރާ ފަރާތަށާއި، ދުމުގެ އަސަރު ކުރާ ހިސާބުގައި ތިބޭ ފަރާތްތަކަށްވެސް އަސަރުކޮށް، ކެންސަރަށް މަގުފަހިކުރާ އެްޖެކެވެ.