ޒަޔަނިސްޓުން ލުބުނާނަށް ޓެރަރިސްޓް ހަމަލަ ދޭން ފެށިތާ މިއަދަށް 17 ދުވަސް ވީއެވެ. މި 17 ދުވަހަށް ވާވަރަށް ޙިޒުބުﷲ އިން ވަނީ 17 ޓޭންކު ގޮއްވާލާފައެވެ. އިޒްރޭލުން އަމިއްލައަށް އުފައްދާ މިރްކާވާ ޓޭންކުތަކަކީ ކުރިން ހަނގުރާމައިގެ މައިދާނުގައި ކުރިމަތި ލުމެއް ފެނިފައި ނުވާ ޓޭންކުތަކެއް ކަމުން ޒަޔަނިސްޓުން އެ ޓޭންކުތައް ދުނިޔެއަށް މަޝްހޫރުކޮށްފައި އޮތީ ހަނގުރާމަ މަތީ ފުރިހަމަ މެޝިނެއްގެ ގޮތުގައެވެ. ނަމަވެސް ހަމާސްގެ ޔާސީން ރޮކެޓްތަކާއި ޙިޒުބުﷲގެ ރޮކެޓުތަކުން މިރްކާވާ ގޮއްވާލަމުން ދިއުމުން ދުނިޔެއަށް ސާބިތު ވެފައި ވަނީ، އެއީ އޮމާން ޓިނުން ހަދާފައިވާ މެޝިންތަކެއް ކަމަށެވެ.

މިއަދަކީ ޙިޒުބުﷲއިން މީރްކާވާގެ 4 ޓޭންކު ގޮއްވާލި ދުވަހެކެވެ. ފުރަތަމަ ޓޭންކު ގޮއްވާލީ މިއަދު ހެނދުނު 9 ޖެހިއިރު، ލަބޫނޭ ހިސާބުގެ އުސްބިންތަކުގައެވެ. އިސްލާމިކް ރެސިސްސް ޖަމާޢަތުން ދިން ގައިޑެޑް މިސައިލް ޙަމަލާތަކުން އެ ތާނގައި ދެ ޓޭންކު ގޮއްވާލާފައި ވެއެވެ.

އޭގެ ފަޅުވެރިންގެ ތެރޭން ބަޔަކަށް ސަންދޯއް ހައްޤުކޮށް ދީފައި، އަނެއް ބަޔަކަށް ޙިޒުބުﷲ އިން ވަނީ ހަސްފަތާލުން އެނދުތައް ހޯދައި ދީފައެވެ. އެއަށްފަހު މެންދުރު 12:50 އަދި މެންދުރުން އަނބުރާ 2:00 ގައި، ލަބޫނޭ އުސްބިންތަކުގައި ދިން ޙަމަލާގައި މީރްކާވާގެ އިތުރު ދެ ޓޭންކެއް ގޮއްވާލައި އޭގެ ފަޅުވެރިންނަށް ސަންދޯކާއި އެނދުތައް ހޯދައި ދީފައި ވެއެވެ.

އިސްލާމިކް ރެސިސްޓެންސުން ވަނީ ލުބުނާނުގެ ހިފާފައިވާ ކަފްރު ޝޫބާ ފަރުބަދަތަކާ ދިމާއަށް ވެސް މިސައިލުން ހަމަލަތަކެއް އަމާޒުކޮށްފައެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ވަނީ ލުބުނާނުން ހުޅަނގު ޖަލީލާ ދިމާއަށް ޙިޒުބުﷲ އިން 30 މިސައިލް ފޮނުވި ކަމަށް ރިޕޯޓުކޮށްފައެވެ.

ހުޅަނގު ޖަލީލުގައި ޔަހޫދީންގެ މަޢާތޫތު ތަރްޝީހާ އާބާދީއަށާއި އޭގެ ވަށައިގެންވާ ސަރަހައްދަށް ދިން ހަމަލައިން ސައިރެން އަޅައި އެންމެން ފިލަން މަޖުބޫރު ކުރިއެވެ. އަދި ލުބުނާނުން ގިނަ އަދަދެއްގެ މިސައިލްތައް ވެއްޓުމާ ގުޅިގެން އެ އާބާދީގައި އަލިފާން ރޯވެފައިވެއެވެ.

އޭގެ އިތުރުން، ހިފާފައިވާ ޖަލީލާއި މެޓޫލާ، ކްފާރު ގިލާދީ، މިސްގާވް އަމް، އަދި މާގަލިއޮޓް ގެ ޔަހޫދީ އާބާދީތަކުގައި ވެސް ސައިރެންގެ އަޑު އިވުނެވެ.

އިޒްރޭލު މީޑިއާ ރިޕޯޓު ކުރާ ގޮތުގައި ހިފާފައިވާ ބިންތަކުގެ އުތުރުގައި ޒަޔަނިސްޓުން އާބާދުކޮށްފައިވާ ބޮޑެތި ސަރަހައްދުތަކުގައި ސައިރެންގެ އަޑު ނުކެނޑި އިވެމުން ދެއެވެ.

ލުބުނާނުގައި އިސްލާމިކް ރެސިސްޓެންސް ޖަމާޢާތް، ހިޒްބުالله، އިން ދަނީ، ހިފާފައިވާ ބިންތަކުގައި އާބާދުކޮށްފައިވާ ޔަހޫދީ ބަސްތީތަކާ ދެކޮޅަށް މިސައިލް އަމާޒު ކުރަމުންނެވެ. މިއަދު ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ހާއިރު ފުރަތަމަ މިސައިލް ފޮނުވާލީ “ކްފާރު ވަރަދީމް” ބަސްތީއަށް އަމާޒުކޮށެވެ.

ހެނދުނު 09:00 ގައި މިސައިލް އަމާޒު ކުރީ “މިސްކާވް އަމް” ބަސްތީގެ ގޭޓުގައި ޒަޔަނިސްޓު ސިފައިން އެއްވެފައި ތިބި ތަނަކަށް އަމާޒުކޮށެވެ.

މެންދުރު 12:00 ޖެހިއިރު ކަފްރު ކިލާ އާއި އަލްއަދީސާއާ ދެމެދު ޒަޔަނިސްޓު ސިފައިން އެއްވެ ތިބި ތަނަކަށް ބޮޑު ބަޑިން އަމާޒުކޮށް ހަމަލަ ދިނެވެ.

ހިފާފައިވާ ލުބުނާނުގެ ޝަޢުބާ ދަނޑުބިން ސަރަހައްދަށް މިސައިލް ހަމަލަ އަމާޒު ކުރީ ހެނދުނު 08:30 ހާއިރު އެވެ. އެގަޑީގައި ހިފާފައިވާ އަލްސަދާނާ ސަރަހައްދުގައި ޒަޔަނިސްޓް އިސްތިއުމާރީ ސިފައިން އެއްވެފައި ތިބި ތަނަކަށްވެސް ހަމަލަ ދިނެވެ.

ހަމަ އެގަޑީގައި އެހިސާބުގެ ބާޚްތާ ދަނޑުބިންތަކުގައި އެއްވެ ތިބި ޒަޔަނިސްޓު ސިފައިންނަށްވެސް އަމާޒުކޮށްފައި ވެއެވެ.