ބަނގްލަދޭޝްގައި އާންމު އިންތިޚާބެއް ދެން ބޭއްވޭނީ، 2025 ގެ ފަހުން ކަމަށް ވަގުތީ ސަރުކާރުގެ ލޯ އެންޑް ޖަސްޓިސް މިނިސްޓަރ އާސިފު ނަޒުރުލް އިސްލާމް ވިދާޅުވެއެވެ. ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިސްލާމް ވިދާޅުވީ އިންތިޚާބެއް ބޭއްވުމުގެ ކުރިން އިލެކްޝަން ކޮމިޝަނެއް އެކުލަވާލަން ޖެހެއެވެ. އަދި އެކަން ކުރުމުގެ ކުރިން އިލެކްޝަން ކޮމިޝަނަށް މީހުން ނެގުމަށް ބޭނުންވާ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އައު އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ އެންމެ ފުރަތަމަ މަސައްކަތަކަށް އޮންނާނީ އެއްވެސް ރައްޔިތަކު އުނި ނުކުރާ ސައްޙަ ވޯޓުލާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތެވެ.