ބައިނަލްއަގުވާމީ ޖަނަވާރުންގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އަދި އެނިމަލް ވެފަރއިން ހިންގި ހަރަކާތްތަކުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ރޭ އިނާމްތައް ހަވާލު ކޮށްދެއްވައިފިއެވެ.

އުރީދޫ މޯލްޑިވްސްގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ބައެއް އިނާމުތައް ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އަދި އެނިމަލް ވެފަރ ޑރ.އައިޝަތު ރަމީލާއެވެ.

ފެއަރގެ އެއްވަނައަށް ދިޔައީ އަލީ އައިހަމް ހުސައިނެވެ. ދެވަނައަށް ދިޔައީ މުހައްމަދު ވާރިދެވެ. ތިންވަނައަށް ހޯދީ އަޒްކާ އިސްމާއިލް ޝިޔާމެވެ. ސޯޝިއަލް މީޑިޔާގެ ހަރަކާތްތަކުން އެއްވަނަ ހޯދީ ޒައީލް ނާޒިމްއެވެ. ދެވަނައަށް ދިޔައީ ޖޭސްމީން އިބްރާހިމް ޝަރީފެވެ.